މިއަދު ޕޮޒިޓިވްވި 2142 މީހުންނާއެކު އެކްޓިވް ކޭސްގެ އަދަދު 17،721 އަށް އަރައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާއްމުކުރި ކޮވިޑް 19ގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،985 ސާމްޕަލް ނަގައިފާވާއިރު އޭގެތެރެއިން 2640 ސާމްޕަލް ނަގައިފާވަނީ މާލެ ސަރަހައްދުންނެވެ.

މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވްވި 2142 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 771 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 1053 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 48 މީހެކެވެ. އަތޮޅު ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކުން އިތުރުވަމުން އަންނައިރު މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަށްވެސް އަންނަނީ އިތުރުވަމުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ކޮވިޑް 19 އަށް ރާއްޖެއިން ޕޮޒިޓިބވްވި މީހުންގެ އަދަދު 143،202 އަށް އަރައިފާވާއިރު އޭގެ ތެރެއިން 125،190 މީހަކު ވަނީ އެ ބަލިން ރަނގަޅުވެފައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް 278 މީހަކު މަރުވެފައިވާއިރު އެ ބަލި ޖެހިގެން މިވަގުތުވެސް 62 މީހަކަށް އެނދުމަތިކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.