މާލެ ސަރަހައްދުގައި 6 ސާމްޕަލް ސެންޓަރުން މިހާރު ހިދުމަތްދޭ ކަމަށް އެޗްޕީއޭއިން ބުނެފިއެެވެ.

6 ސާމްޕަލް ސެންޓަރުން މިވަގުތު ހިދުމަތްދެމުން އަންނައިރު 3 ފްލޫ ކްލިނިކަކުން އަންނަނީ ހިދުމަތް ދެމުންނެވެ. ސާމްޕަލް ސެންޓަރުގެ ގޮތުގައި ހިދުމަތް ދެމުން އަންނަނީ ސިނަމާލެ ބްރިޖް ކައިރީއިންނަ ޕާކިން ސަރަހައްދުގައާއި ހުޅުމާލެ ފޭސް 2 ގެ އެޗް 8 ޓަވަރު ކައިރީގައާއި ހެންވޭރު ފުޓްބޯޅަ ދަނޑާއި ސޯސަލް ސެންޓާރާއި ވިލިމާލެ ފްލޫ ކްލިނިކްގެ އިތުރުން ހުޅުމާލެ ރުއްގަނޑު 1 ގައެވެ.

ފްލޫ ކްލިނިކްތަކާއި ހުޅުވައިފާ ހުންނަ ގަޑިތައް:

  • ސެނަހިޔާ: ހުކުރު ދުވަސް ފިޔަވާ ހެނދުނު 10 - ރޭގަނޑު 10 އަށް އަދި ހުކުރު ދުވަހު ހަވީރު 4 - ރޭގަނޑު 10
  • ވިލިމާލެ ފްލޫ ކްލިނިކް: ކޮންމެ ދުވަހަކު ހެނދުނު 9 - މެންދުރުފަހު 1:30
  • ހުޅުމާލެ ފްލޫ ކްލިނިކް: ކޮންމެ ދުވަހަކު ހެނދުނު 8 - ރޭގަނޑު 9

ސާމްޕަލް ސެންޓަރުގައި ސާމްޕަލް ނަގާ ދުވަސްތަކާއި ވަގުތުތައް:

  • ސިނަމާލް ބްރިޖް ކައިރި ޕާކިން ސަރަހައްދު: ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9 - މެންދުރު 12 އަށް އަދި މެންދުރުފަހު 3 - ހަވީރު 6 މީގެ އިތުރުން ހުކުރު ދުވަހު މެންދުރުފަހު 3 - ހަވީރު 6
  • ހުޅުމާލެ ފޭސް 2 ގެ އެޗް 8 ކައިރި: ކޮންމެ ދުވަހަކު މެންދުރުފަހު 3:45 - ރޭގަނޑު 6:45
  • ހެންވޭރު ދަނޑު: ކޮންމެ ދުވަހަކު މެންދުރުފަހު 3:30 - ރޭގަނޑު 6:30
  • ވިލިމާލެ ފްލޫ ކްލިނިކް: ކޮންމެ ދުވަހަކު ހަވީރު 4 - ރޭގަނޑު 6:30
  • ސޯސަލް ސެންޓަރު: ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9 - މެންދުރު 12 އަށް އަދި މެންދުރުފަހު 3 - ހަވީރު 6 މީގެ އިތުރުން ހުކުރު ދުވަހު މެންދުރުފަހު 3 - ހަވީރު 6
  • ހުޅުމާލެ ރުއްގަނޑު 1: ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:30 - މެންދުރު 12:30 އަށް ހުކުރު ދުވަހު މެންދުރުފަހު 3:30 - ހަވީރު 6:30

މީގެ އިތުރުން އެފްއޭއެމް ބިލްޑިން، ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދޭ ކްލިނިކެއްގެ ގޮތުގައި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10 ކުން ހަވީރު 6 ހުޅުވާފައި ހުންނައިރު ހުކުރު ދުވަހު މެންދުރުފަހު 3 ކުން ހަވީރު 6 ކަށް ހުޅުވާފައި ހުންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.