ކޮވިޑް 19 ގެ އާ ވޭރިއަންޓް، އޮމިކްރޯންގެ ރާޅާއެކު ކޭސްތައް އިތުރުވެ 30 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

30 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު އޭގެ ތެރެއިން 2 ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގައެވެ. މި ވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ގިނަ ރަށްތަކަކީ ތަކުރާރުކޮށް އެކި ފަހަރު މަތިން ކޮވިޑް ފެތުރެމުން ދާތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކެވެ. މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ރައްޔިތުންނަށް ހިދުމަތް ދޭ އަތޮޅު ހޮސްޕިޓަލު ނުވަތަ ރީޖަނަލް ހޮސްޕިޓަލްތައް ހުރި، ގިނަ ރަށްތަކެއް ހިމެނުމެވެ. އެގޮތުން ހދ. ކުޅުދުއްފުށި، ހއ. ދިއްދޫ، ގދ. ތިނަދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ށ. ފުނަދޫ، ލ. ގަން، އދ. މަހިބަދޫ އަދި ދ. ކުޑަހުވަދޫ މި ލިސްޓުގައި ހިމެނެއެވެ.

މިދިޔަ މަހު މޮނިޓަރިންނަށް ލާފައިވާ ރަށްތައް:

  • ކ. މާފުށި
  • ހއ. އިހަވަންދޫ

މިމަހު މޮނިޓަރިންނަށް ލާފައިވާ ރަށްތައް:

  • ހދ. ނޮޅިވަރަމްފަރު
  • ށ. ފުނަދޫ
  • ބ. ދަރަވަންދޫ
  • ދ. ބަނޑިދޫ
  • ލ. ގަން
  • ގދ. ގައްދޫ
  • ރ. އުނގޫފާރު
  • ހދ. ހަނިމާދޫ
  • ކ. ގުރައިދޫ
  • ބ. އޭދަފުށި
  • ހއ. ދިއްދޫ
  • ތ. ގުރައިދޫ
  • ބ. ގޮއިދޫ
  • ޅ. ކުރެންދޫ
  • ކުޅުދުއްފުށި ސިޓީ
  • ލ. ދަނބިދޫ
  • ލ. ހިތަދޫ
  • ށ. ކަނޑިތީމު
  • ވ. ކެޔޮދޫ
  • ނ. ކުޑަފަރި
  • ގދ. ތިނަދޫ
  • ގދ. މަޑަވެލި
  • އދ. މަހިބަދޫ
  • ދ. ކުޑަހުވަދޫ
  • ދ. ހުޅުދެލި
  • ގދ. ވާދޫ
  • ށ. މިލަންދޫ
  • ގއ. ކޮލަމާފުށި

29 ރަށެއް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައިވާ އިރު، މޮނިޓަރިންގެ ހާލަތަށް ބަދަލު ނުކުރާ ގިނަ ރަށްރަށުން ވެސް އަންނަނީ ކޮވިޑް ކޭސްތައް ފެންނަމުން ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރެއިން ގިނަ ކޭސްތައް ޕޮޒިޓިވް ވެފައި ވަނީ ސްކޫލް ހުޅުވެން ކުޑަތަން ވެފައި ވަނިކޮށް މާލެއިން ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން ޕީސީއާރް ޓެސްޓު ހަދައި ނަތީޖާ ނުލިބެނީސް ރަށްރަށަށް ދިއުމުން ކަމަށް މައުލޫމާތު ލިބެއެވެ.