ހެންވޭރު ދަނޑުގައި ޕީސީއާރު ސާމްޕަލް ނަގާ ސެންޓަރެއް ހަދައިފި ކަނަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) ގެ އެޕިޑަމިލޮޖިސްޓު ޑރ. އިބްރާހީމް އަފްސަލް ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ އާ ސާމްޕަލް ކަލެކްޝަން ސެންޓަރެއްގެ ގޮތުގައި ހެންވޭރު ދަނޑު ހަމަޖައްސާފައިވާ ކަމަށާއި އެ ސެންޓަރުން ހުޅުވައިފާ ހުންނާނީ މެންދުރުފަހު 3 ކުން އިރުއޮއްސި 6 ކަށް ކަމަށެވެ.

ފްލޫ ކްލިނިކްތަކާއި ހުޅުވައިފާ ހުންނަ ގަޑިތައް:

ސެނަހިޔާ: ހުކުރު ދުވަސް ފިޔަވާ ހެނދުނު 10 - ރޭގަނޑު 10 އަށް އަދި ހުކުރު ދުވަހު ހަވީރު 4 - ރޭގަނޑު 10

ވިލިމާލެ ފްލޫ ކްލިނިކް: ކޮންމެ ދުވަހަކު ހެނދުނު 9 - މެންދުރުފަހު 1:30

ހުޅުމާލެ ފްލޫ ކްލިނިކް: ކޮންމެ ދުވަހަކު ހެނދުނު 8 - ރޭގަނޑު 10

ސާމްޕަލް ސެންޓަރުގައި ސާމްޕަލް ނަގާ ދުވަސްތަކާއި ވަގުތުތައް:

ހެންވޭރު ދަނޑު: ކޮންމެ ދުވަހަކު މެންދުރުފަހު 3 - ހަވީރު 6

ސޯސަލް ސެންޓަރު: ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9 - މެންދުރު 12 އަށް އަދި މެންދުރުފަހު 3 - ހަވީރު 6 މީގެ އިތުރުން ހުކުރު ދުވަހު މެންދުރުފަހު 3 - ހަވީރު 6

ހުޅުމާލެ ރުއްގަނޑު 1: ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10 - މެންދުރު 12 އަށް އަދި މެންދުރުފަހު 3 - ހަވީރު 6 މީގެ އިތުރުން ހުކުރު ދުވަހު މެންދުރުފަހު 3 - ހަވީރު 6

މީގެ އިތުރުން އެފްއޭއެމް ބިލްޑިން، ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދޭ ކްލިނިކެއްގެ ގޮތުގައި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10 ކުން ހަވީރު 6 ހުޅުވާފައި ހުންނައިރު ހުކުރު ދުވަހު މެންދުރުފަހު 3 ކުން ހަވީރު 6 ކަށް ހުޅުވާފައި ހުންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިވަގުތު މާލޭން ކޮވިޑު ޖެހޭ މީހުންގެ ނިސްބަތް ބޮޑުތަނުން އިތުރުވެފައި ވާތީ، މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ނިންމާފައި ވީ ނަމަވެސް މާސްކު ނާޅާ އުޅޭ މީހުން މަދެއް ނުވެއެވެ. ހަމައެއާއެކު މާލޭގައި މީހުން އެއްވާ ގޮތަށް އިވެންޓްތަކާއި ހަލްފާތައް ބޭއްވުމުގައި ވެސް ވަނީ ފިޔަވަޅުތައް އަޅާ ހަރުކަށިކޮށްފައެވެ. އެ ގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން އެއްނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ. މި އެންގުންތައް މިހެން ހުރި ނަމަވެސް ބައެއް ފަރާތްތަކުން އެގޮތަކަށް އަމަލެއް ނުކުރެއެވެ.