ކޮވިޑް 19 އާ ގުޅިގެން މޮނިޓަރިންނަށް ގެންނަ ރަށްތަކުގެ ލިސްޓުގައި މި ވަގުތު އޮތީ 6 ރަށެއް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެ 6 ރަށްވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މި ދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ. އެ ލިސްޓުގައި މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަސްވެފައިވަނީ ގދ. ވާދޫއެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހެވެ.

ދެން ލިސްޓުގައި ބާކީ އޮތް ރަށްތަކަކީ މިދިޔަ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާ ރަށްތަކެކެވެ. އެއީ ކ. ތުލުސްދޫ، ހދ. ނައިވާދޫ، ދ. ހުޅުދެލި، ކ. މާފުށި އަދި ހއ. އިހަވަންދޫއެވެ.

2 މަސް ފަހުން އިއްޔެ މ. މުލަކުގެ މޮނިޓަރިން އުވާލައިފާ ވާއިރު އޭގެފަހުން ރޭ ތ. ވިލިފުށި ވެސް ވަނީ މޮނިޓަރިން އުވާލައިފިއެވެ.