ބީއެމްއެލް އިސްލާމިކްް ފައިނޭންސިންގެ ދަށުން 50،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ، ބީއެމްއެލް އިސްލާމިކް ޕާސަންލް ފައިނޭންސިންގެ ދަށުން ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގެ ތެރޭގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ބީއެމްއެލެގް ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ލަކީ ޑްރޯއެއް ބާއްވާ ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައި ކަމަށް ބީއެމްއެލުން ބުނެއެވެ. އެގޮތުން ކޮންމެ ހަފްތާއަކު އެއް ނަސީބުވެރި ފަރާތެއް ހޮވައި އެފަރާތަކަށް 5000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

އަދި މި ޕްރޮމޯޝަން ނިމުމުން ގްރޭންޑް އިނާމު ދިނުމަށް ނަސީބުވެރި ފަރާތެއް ހޮވާނެ ކަމަށާއި އެފަރާތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ 50،000 ރުފިޔާގެ ގިފްޓް ކާޑެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.