ބަސް ކާޑާއި އެ ކާޑަށް ރީލޯޑް ކުރުމުގެ ހިދުމަތް އިތުރު 3 ތަނަކުން ދޭން ފަށައިފި ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ހުޅުމާލެ ފޭސް 2 ގެ ޓަވަރު 12 ގައިވާ އެޗްސީޔޫ މާޓުން ނޮވެންބަރު 28، 2021 އިން ފެށިގެން އެމްޓީސީސީ ބަސް ދަތުރު ކާޑު ވިއްކުމާއި ކާޑު ރީލޯޑް ކުރުމާއި އަދި ސިންގަލް ޖާނީ ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ހިދުމަތްތަށް ހުޅުމާލެ ކިބިގަސްމަގުގައި ހުންނަ މޯލްޑިވްސް ޕޯސްޓް އަދި ވެލާނާގެއިން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށެވެ.

ހުޅުމާލޭ ފޭސް 2 ގެ ބަހުގެ ހިދުމަތްދޭން ފަށައިފާ ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ހުޅުމާލޭ ފޭސް 2 ގެ ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ވަކި ހާއްސަ ބަސް ކާޑެއް ތައްޔާރެއް ނުކުރެއެވެ. ބަހުގެ ހިދުމަތް ހުޅުމާލެ ފޭސް 2 އަށް ފެށުމާ އެކު ހިދުމަތް ހޯދަން ކުރިން ހުޅުމާލޭގައި ބަސް ދަތުރު ކުރަން ގެންގުޅުނު ބަސް ކާޑު ފުދޭނެ ކަމަށް އަދި ކާޑު ނެތް ފަރާތެއް ނަމަ ކާޑު ހައްދަން ޖެހޭނެ ކަމަށް އެމްޓީސީސީއިން މީގެކުރިން ވަނީ ބުނެފައެވެ. ހަމައެއާއެކު އިތުރު މައުލޫމާތު ސާފު ކުރަން ބޭނުން ނަމަ އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅާލުމުން ވެސް ބޭނުންވާ މައުލޫމާތު ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.