ކޮވިޑަށް ފަރުވާ ހޯދަމުން އިތުރު މީހަކު މިއަދު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ، އެމީހާ ކޮވިޑް ޖެހިގެން މަރުވެފައި ވަނީ ހއ.ތުރާކުނުގައި ކަމަށާއި އެއީ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ މިއަދު ހެނދުނު 8:28 ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ މަހު ކޮވިޑުގައި ހަތް މީހަކު ވަނީ މަރުވެފައިވާއިރު ކޮވިޑް-19 ޖެހިގެން މިއަދު މަރުވި މީހާ އާއިއެކު މި ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 253 އަށް އަރައިފައެވެ.

މި ބަލީގައި މި މަހު ފުރަތަމަ މީހާ މަރުވެފައިވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ ޏ އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ. މިއަދު ހެނދުނު 7:10 ގައި ވަނީ 93 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައެވެ. އެ މީހާ މަރުވެފައިވަނީ ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަކުގައި ފަރުވާ ދެމުންދަނިކޮށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ވޭތުވެ ދިޔަ 19 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުއެވެ.