ބަތަލާ އިލިއާނާ ޑިކުރޫޒް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އިލިއާނާ ރާއްޖެ އައިސްފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ "ކުޑަ ވިލިނގިލި މޯލްޑިވްސް" ރިސޯޓުގައެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ގޮތް އިންސްޓަގުރާމު މެދުވެރިކޮށް އިލިއާނާ ހިއްސާކުރަމުން އަންނަ އިރު އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި އިލިއާނާ ރާއްޖެ އައިސްފައި ވަނީ އޭނާގެ ރަހުމަތްތެރިއަކާ އެކުގައެވެ.

https://www.instagram.com/tv/CW8OT2elW0j/?

އިލިއާނާ އެންމެ ފަހުން ފެނިގެން ދިޔައީ "ބިގް ބުލް" އިންނެވެ. އެ ފިލްމުގައި އޭނާއާއެކު މަސައްކަތް ކޮށްފައި ވަނީ އަބީޝޭކް ބައްޗަންއެވެ. އޭނާ ދެން އެންމެ އަހަވަހަށް ފެނިގެންދާނީ "އަންފެއާ އެންޑް ލަވްލީ" އިންނެވެ.

އިލިއާނާ ކުޅެފައި ހުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ޕާގަލްޕަނަތީ"، "މޭ ތެރަ ހީރޯ"، "ރުސްތަމް". "ބަރްފީ"، "މުބާރަކަން" އަދި "ރެއިޑް" ހިމެނެއެވެ.