އުރީދޫ އިން ޔޫޓިއުބް އަދި ޓިކްޓޮކް އަށް ހާއްސަ ޑޭޓާ ޕެކޭޖްތަކެއް ތައާރަފް ކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، ޑޭޓާއަށް ހާއްސަ އިތުރު ޕެކޭޖްތަކެއް މިއަދު ތައާރަފް ކޮށްފައިވާ އިރު އެއީ ޔޫޓިއުބް އަދި ޓިކްޓޮކް ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ ޕެކޭޖްތަކެއް ކަމަށެވެ. އެ ޕެކޭޖްތަކަކީ ގަޑިއިރަށް ނުވަތަ ދުވާލަކަށް ނުވަތަ ހަފްތާއަކަށް އަދި މަހަކަށް ނެގޭ ގޮތަށް ފަރުމާ ކޮށްފަިއވާ ޕެކޭޖްތަކެކެވެ.

އެގޮތުން 10 ރުފިޔާއިން ފެށިގެން 250 ރުފިޔާ އާ ހަމައަށް ބޮޑެތި ޑޭޓާ އެލަވަންސް ހިމެނޭ ޕެކްތަކެއް ހިމެނޭ ކަމަށް އުރީދުން ބުނެއެވެ.

ޓިކްޓޮކް އަވާލީ 10 ރުފިޔާގެ ޕެކޭޖުން 1 ގަޑިއިރަށް 2 ޖީބީ ޑޭޓާ ލިބޭ އިރު، ޓިކްޓޮކް ޑެއިލީ 20 ރުފިޔާގެ ޕެކޭޖުން 24 ގަޑީއިރަށް 20 ޖީބީ ޑޭޓާ ލިބިގެން ދާނެއެވެ. ޓިކްޓޮކް ވީކްލީ 100 ރުފިޔާގެ ޕެކޭޖުން 7 ދުވަހަށް 50 ޖީބީ ލިބޭ އިރު، ޓިކްޓޮކް މަންތްލީ 250 ރުފިޔާގެ ޕެކޭޖުން 30 ދުވަހަށް 100 ޖީބީ ޑޭޓާ ލިބިގެން ދާނެއެވެ.

ޔޫޓިއުބްގެ ޕެކޭޖްތަކަށް ބަލާއިރު، އަވާލީ 10 ރުފިޔާގެ ޕެކޭޖުން ގަޑިއިރަކަށް 2 ޖީބީ ޑޭޓާ ލިބޭނެއެވެ. ޔޫޓިއުބް ޑެއިލީ 20 ރުފިޔާގެ ޕެކޭޖުން 24 ގަޑިއިރަށް 20 ޖީބީ ޑޭޓާ ލިބޭ އިރު، ޔޫޓިއުބް ވީކްލީ 100 ރުފިޔާގެ ޕެކޭޖުން 50 ޖީބީ ޑޭޓާ ލިބޭނެއެވެ. އަދި ޔޫޓިއުބް މަންތްލީ 250 ރުފިޔާގެ ޕެކޭޖުން 30 ދުވަހަށް 100 ޖީބީ ޑޭޓާ ލިބޭނެއެވެ.

ޓިކްޓޮކް އާއި ޔޫޓިއުބު އަކީ ގިނަ ކަސްޓަމަރުންތަކެއް ބޭނުންކުރާ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމްތަކެއް ކަމުން، މި ޑޭޓާ ޕެކްތަކަކީ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު މެދުކެނޑުމެއްނެތި ކޮންމެ ވަގުތަކު ވެސް ޓިކްޓޮކް އަދި ޔޫޓިއުބް ކޮންޓެންޓް ހެޔޮ އަގުގައި ބަލާލުމަށް މަގުފަހިކޮށްދޭ ޑޭޓާ ޕެކްތަކެކެވެ.

އަލަށް ތައާރަފްކުރި ޑޭޓާ ޕެކްގެ އިތުރުން، އުރީދޫ ފްލިކްސް ޕެކް ނަންގަވާ ފަރާތްތަކަށް ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސޮނީލިވް އަދި މީޑިއާނެޓް އެމްއެސް އެޕްގެ ކޮންޓެންޓް ބަލާލެވޭނެއެވެ. އަލަށް ތައާރަފުކުރި ޓިކްޓޮކް އަދި ޔޫޓިއުބް ޑޭޓާ ޕެކްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދާނަމް މި ލިންކަށް، ޒިޔާރަތް ކުރުމުން މައުލޫމާތު ލިބިގެން ދާނެއެވެ.