ބޮލީވުޑުގެ މަޝްހޫރު ތަރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ހަފްލާއަށް ފޯނު ގެންދިއުން މަނާކޮށްފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

އިންޑީއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ކެޓްރީނާ އަދި ވިކީ ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ މިއަންނަ ހަފްތާގެ ތެރޭގައެވެ. ރާޖަސްތާނުގައި ކުރުމަށް ހަމަޖެހިފައިވާ މިކައިވެނީގެ ހަފްލާއަށް ފޯނު ގެންދިއުން މަނާކޮށްފައި ވަނީ ކައިވެނީގެ ފޮޓޯ އަދި ވީޑިއޯތައް ލީކުވެދާނެތީ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި މި ހަފްލާގައި ބައިވެރިވާނީ ބޮލީވުޑުގެ ފަންނާނުންގެ އިތުރުން އެދެ ފަންނާނުންގެ އާއިލާ އަދި ރަހުމަތްތެރިންނެވެ.

ބޮލީވުޑުން މިކައިވެނީގައި ކަރަން ޖޯހަރް، ކަބީރް ހާން އަދި އޭނާގެ އަންހެނުން މިނީ މާތުރް، ރޯހިތު ޝެޓީ، ސިދާތު މަލްހޯތުރާގެ އިތުރުން ކިއާރާ އަޑްވާނީ ބައިވެނިވާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި ހަމައެހެންމެ ވަރުން ދަވަން އާއި އޭނާގެ އަންހެނުން ނަތާޝާ އަދި އަލީ އައްބާސް ޒަފަރް ވެސް މި ހަފްލާގައި ބައިވެރިވާނެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ކެޓްރީނާ އަދި ވިކީގެ ކައިވެނީގެ އިންތިޒާރުގައި ސަޕޯޓުން ތިބިއިރު މިކަން އަދި ރަސްމީކޮށް ދެމީހުން ކުރެ އެކަކުވެސް އިއުލާނު ކޮށްފައެއް ނުވެއެވެ. ރިޕޯޓުތަކުން ބުނާގޮތުަން ވަރަށް އަވަހަށް ވިކީ އެ ހަބަރު ސަޕޯޓަރުންނާ ހިއްސާކުރާނެއެވެ.