ސިވިލް ސާވަންޓުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަކީ ވަކި ބޔަަކަށް ގުލާނުކޮށްދޭން ޖެހޭ ބައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
53 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބާއްވާ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ސިޔާސީ ވަކިކަމެއްގައި ނޫޅެގެން ފިޔަވަޅު އެޅި، އެކަހެރި ކުރެވި، މަގާމުން ވަކި ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށާއި ސިވިލް ސާވަންޓުންނަކީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް ކަމަށެވެ.
ސިވިލް ސާވަންޓުން ދޭ ހިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް، ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ ކަމަށާއި އެމީހުން ކުރަން ޖެހޭނެ ކަމަކީ ސަރުކާރުގެ ސިޔާސަތާއި ވައުދުތައް އޭގެ ގޮތުގައި ތަންފީޒު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ގައުމީ ހިދުމަތުގެ ފައުޖުގެ ގޮތުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ވަކި ފަރުދެއް ނުވަތަ ވަކި ރަށެއް ފަރަގު ނުކޮށް، ސަރުކާރުން ދޭން ޖެހޭ ހިދުމަތް ހަމަހަމަ ކަމާ އެކު ފޯރުކޮށް ދިނުމަކީ އިޖްތިމާއީ އިންސާފު ކަމަށެވެ. ވޭތުވެދިޔަ 3 އަހަރު ދުވަހު ސަރުކާރުން މަސައްކަތް ކުރަނީ މި ހަމަތައް ހިފެހެއްޓުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޖުމްހޫރިއްޔަތަކީ ހުރިހާ އެންމެން އެކުވީމާ ކިޔާ ނަމެއް ކަމަށާއި އެއީ ރައްޔިތުންގެ ވެރިކަމުގެ އެންމެ އަސާސީ ސިފަ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމާއި ދުލާއި ގަލަމުގެ މިނިވަންކަން ރާއްޖޭގައި އެބަ އޮތް ކަމަސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިސަރުކާރުން ޤަވާޢިދު ނެރެފަ އިބޫ މިއުޅެނީ ލޯބިން ސިވިލްސާވަންޓުން އުރަން ތަ?.....ބަލަ ތިހާ ހެޔޮ އެދޭނަމަ ފުރަތަމަ އެގަވާޢިދު އުވާލަބަލަ.