ސޯޝަލް މީޑިއާގައި މޯލިޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސީއީއޯ އަބްދުލްއިހްތިޝާމް މުހައިމިން ސަސްޕެންޑް ކޮށްފައިވާ ކަަމަށް ފެތުރެމުން ދާ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.
އެމްއައިބީ އިން ބުނީ، ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކައާ ގުޅިގެން އެ ކުންފުނީގެ ޝެއާ ހޯލްޑަރުންނާއި ކަސްޓަމަރުންނަށް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަން ކަށަވަރު ކޮށްދޭ ކަމަށެވެ. އެ ބޭންކްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ސަސްޕެންޑް ކުރުމަށް އެއްވެސް ލިޔުމެއް ދީފައި ނުވާނެ ކަމަށް އެ ބޭން ކުން ބުނެއެވެ.
އިސްލާމިކް ބޭންކްގެ ސީއީއޯ ސަސްޕެންޑް ކުރި ކަމަށް އިއްޔެ ވަނީ ސޯޝަލް މީޑިާގައި އަޑުތައް ފެތުރިފައެވެ.
އަދި ސީއީއޯ ސަސްޕެންޑް ކުރީ އެ ބޭންކްގެ އެތެރޭގައި ހިނގި ހަމަނުޖެހުން ތަކެއްގެ ސަބަބުން ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފައެވެ. އެމްއައިބީ އިން ވަނީ އެކަން ވެސް ދޮގު ކޮށްފައެވެ.
އިސްލާމިކް ފައިނޭންސިން ދާއިރާގެ ތަޖުރިބާ ހޯދާފައިވާ މުހައިމިން އެމްއައިބީގެ އެމްޑީ އަކަށް ހަމަޖެއްސީ 2019 ވަނަ އަހަރުއެވެ.