ކޮވިޑް19 ގެ ބަލީގައި 86 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިބަލީގައި ރޭ މަރުވެފައި ވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ ރޭ ދަންވަރު ގާތްގަނޑަކަށް 12:10 ހާއިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މި މީހާ މަރުވެފައި ވަނީ އައްޑޫ މިޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއީ މި މަހު މި ބަލީގައި މަރުވި 10 ވަނަ މީހާއެވެ. މިއާއިއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 241 އަށް އަރާފައެެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 241 އަށް އަރާފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 192 މީހަކު މަރުވެފައެވެ.