ބ. އޭދަފުށީގައި ފުޓްބޯޅަ ކުޅެން ހުއްޓާ ވެއްޓުނު ފުލުހުންގެ ޑިވިޝަން ކޮމާންޑަރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަދީމް ނިޔާވެއްޖެއެވެ.

ނަދީމަކީ ނ، ރ، ބ އަދި ޅ. އަތޮޅަށް ކަނޑައަޅާފައި ހުންނަ ފުލުހުންގެ ކޮމާންޑަރެވެ. ނަދީމް އިއްޔެ ބ. އޭދަފުށީގައި ކުޅުނު ފުޓްބޯލާ މެޗެއްގައި ވަނީ ދަނޑުމައްޗަށް ވެއްޓިފައެވެ. އެއާއެކު އޭނާ ވަނީ ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދީފައެވެ. އަދި އޭނާ ނިޔާވީ އައިޖީއެމްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ނަދީމް ވެއްޓުނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރުން ބުނާ އިރު އޭނާ ނިޔާވީ ހާލު ސީރިއަސްވެ ވެންޓިލޭޓަރު ގުޅައިގެން ފަރުވާ ދެމުން ދަނިކޮށެވެ.

ނަދީމް ނިޔާވުމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ހިދުމަތުގެ ދިދަ، ފުލުހުންގެ ހުރިހާ މަރުކަޒެއްގައި ބައިދަނޑިއަށް ތިރިކުރަން ނިންމަވައި އެކަން އަންގަވާފައެވެ.