ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ހާންގެ އެންމެ ފަހުގެ ފިލްމު "އަަންތިމް - ދަ ފައިނަލް ޓްރުތް" ނޮވެމްބަރު މަހު ނެރެން ނިންމާފައިވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މަހޭޝް މަންޖްރޭކަރު ޑައިރެކްޓް ކޮށްފައިވާ މި އެކްޝަން ތްރިލާ ފިލްމުން ސަލްމާންގެ އިތުރުން އަރަމުން އަންނަ ތަރި އަޔުޝްމަން ޝަރްމާ ވެސް ފެނިގެންދާނެއެވެ.

މި ފިލްމާ ގުޅޭ ގޮތުން މަހޭޝް ބުނީ މި ފިލްމަކީ ބޮޑު ސްކީރުން ބަލާލުމަށް ވަރަށް ރަނގަޅު ފިލްމަކަށް ވެގެން ދާނެ ކަމަށާއި އޮކްޓޯބަރު މަހު ސިނަމާތައް ހުޅުވާލުމާއެކު ފިލްމު ރިލީޒް ކުރާނެ ކަމަށެވެ.

އިންޑިއާގެ މީޑިއާތަކުގައިވާ ގޮތުން މި ފިލްމު ނެރުމަށް ނިންމާފައި ވަނީ އެގައުމުގައި މި ނޮވެމްބަރު މަހު ފާހަގަ ކުރާ ދިވާލީއާ ދިމާކޮށެވެ.

މި ފިލްމުގެ ވިލަންގެ ގޮތުގައި ފެނިގެންދާ އަޔުޝްމަން އަދި ފުލުހެއްގެ ރޯލުން ފެނިގެންދާ ސަލްމާން ކޮށްފައިވާ މަސައްކަތަށް މަހޭޝް ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.