ލީޑް ރޯލުން ކަރީނާ ކަޕޫރާއި އާމިރް ހާން ފެނިގެންދާ ހިންދީ ފިލްމު "ލާލް ސިންގ ޗައްޑާ" ރިލީޒް ކުރުން ފަސްކޮށްފިއެވެ.

އިނގިރޭސި ފިލްމު ފޮރެސްޓް ގަމްޕް އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ފިލްމަކީ އާމިރް ހާން އަދި އޭނާގެ ކުރީގެ އަންހެނުން ކިރަން ރާއޯ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރުމަށް ނިންމާފައިވާ މި ފިލްމު ރިލީޒް ކުރުން ފަސްކޮށްފައި ވަނީ ކޮވިޑް-19އާއި ގުޅިގެން ފިލްމު އުފެއްދުމަށް ކުރިމަތިވި ލަސްތަކުގެ ސަބަބުންނެވެ.

މިހާރު މިފިލްމު ރިލީޒް ކުރަން ނިންމާފައި ވަނީ 2022 ވަނަ އަހަރުގެ ފެބްރުއައީ މަހުއެވެ. ކަރީނާގެ ފޭނުންނާއި އާމިރުގެ ފޭނުން މި ފިލްމު ބަލާލުމަށް ކެތްމަދުވެ ސޯޝަލް މީޑިއާގައި އެވާހަކަ މިހާރުވެސް ހިއްސާ ކުރަމުން ދާއިރު މި ފިލްމަށް ބޮޑު ތަރުހީބެއް ލިބުން އެކަށީގެންވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.