ކަލާޒް ޓީވީގެ ރިއަލިޓީ ޝޯ ހަތުރޯން ކޭ ކިލާޅީ ގެ 11 ވަނަ ސީޒަން އަރުޖުން ބިޖްލާނީ ކާމިޔާބު ކޮށްފިއެވެ.
އެ ޗެނަލުން ދައްކާ މި ސްޓަންޓް ރިއަލިޓީ ޝޯއަކީ ގިނަ ބައެއްގެ ތަރުހީބު ލިބޭ ޝޯއަކަށް ވާއިރު މި ޝޯގެ 11 ވަނަ އަރުޖުން ކާމިޔާބު ކޮށްފައި ވާއިރު މިފަހަރުގެ ސީޒަން ވެގެން ގޮސްފައިވަނީ ވަރަށް ވާދަވެރި ކަމާއެކު ކުރިއަށް ދިޔަ ސީޒަނަކަށެވެ.
13 ބައިވެރިންނާއެކު ޖުލައި މަހުގެ 17 ވަނަ ދުވަހު ދައްކަން ފެށި މި ޝޯ އަރުޖުން ކާމިޔާބު ކުރީ ފައިނަލުގައި ވިޝާލް އަދިތިޔާ ސިންގް އަދި ދިވްޔަންކާ ތްރިޕާޓީއާ ވާދަ ކޮށްގެންނެވެ.
ހަތުރޯން ކޭ ކިލާޅީ 11 ކާމިޔާބު ކުރުމަށް ފަސް ބައިވެރިންނާއެކު ފެށި އެންމެ ފަހު ޝޯއަށް ވެސް ބޮޑު ތަރުހީބެއް ލިބިފައި ވާއިރު މި ފަސް ބައިވެރިންގެ ތެރޭގައި ދެން ހިމެނެނީ ވަރުން ސޫދާއި ޝްވޭތާ ތިވާރީގެ އިތުރުން ރާހުލް ވެއިދިޔާއެވެ. ފުރަތަމަ ރޭހުން ބަލިވެފައި ވަނީ ޝްވެތާއެވެ.
އެއަށް ފަހު ވަރުން އަދި ރާހުލްވެސް ޝޯގެ ފުރަތަމަ ބުރުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އިރު ވިނާއަށް ވުމަށްޓަކަށް އެންމެ ފަހުން ވާދަކޮށްފައި ވަނީ ވިޝާލް، ދިވްޔަންކާ އަދި އަރުޖުންއެވެ. ޝޯގެ އެންމެ ފުރަތަމަ ޓާސްކު ފުރިހަމަ ކުރަން ޖެހުނު ވިޝާލަށް ޓާސްކު ފުރިހަމަ ނުކުރެވުމާއެކު އޭނާވެސް ވަނީ ޝޯއާ އަލްވަދާއު ކިޔާފައެވެ.
އެހެން ކަމުން ފަހު ދެ ފައިނަލިސްޓުން ކަމަށް ވާ ދިވްޔަންކާ އަދި އަރުޖުން އެންމެ ފަހު ރޭހުގައި ބައިވެރިވެ މި ރޭސް އަރުޖުން ކާމިޔާބު ކޮށްފައި ވާ އިރު އެ ދެމީހުން ރޭސް ފުރިހަމަ ކުރުމުގެ ދެމެދުގައި ހުރީ އެންމެ 20 ސިކުންތުގެ ތަފާތެކެވެ. މި ތަފާތާއެކު ޝޯގެ ދެވަނައަށް ގޮސްފައި ވަނީ ދިވްޔަންކާއެވެ.
އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ މި ޝޯގެ މިފަހަރުގެ ވިނާ އަރުޖުންއަށް އިނާމެއްގެ ގޮތުގައި ކާރެއް ވަނީ ލިބިފައެވެ.