މަޝްހޫރު ވީޑީއޯ ސްޓްރީމިންގް ޕްލެޓްފޯމް، ނެޓްފްލިކްސްގެ ފޭނުންގެ މެދުގައި އެންމެ މަގުބޫލު އެއް ސީރީޒްގެ ގޮތުގައި ސިފަކުރަމުން އަންނަ "ސްޓްރޭންޖާ ތިންގްސް" ގެ ފޭނުންގެ އަރު ތެރޭގައި، ސީޒަން 4 ގެ ރަހަ، ހިސާބަކަށް ލައްވާލައިފިއެވެ.

"ސްޓްރޭންޖާ ތިންގްސް 4" ގެ ޓީޒާ އާންމު ކޮށްފައި ވާއިރު، އެ ސީރީޒްއާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް އަދި ލިބޭ ގޮތެއް ނުވެއެވެ. ނަމަވެސް، ދޮޅު މިނެޓެއް ހާއިރަށް ދެމިގެންދިޔަ އެ ޓީޒާއަކީ، ކުރިއަށް އޮތް 4 ވަނަ ސީޒަންގެ ތަފާތު ކަން އަންގައިދެނިވި ޓީޒާއެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

2022 ވަނަ އަހަރު އާންމުންނާ ހިސާބަށް އަންނަ "ސްޓްރޭންޖާ ތިންގްސް 4" އަކީ، މީގެ ކުރީގެ ސީޒަންތަކާ އަޅާ ބަލާއިރު މާ ބިރުވެރި ސީޒަނެއް ކަމަށް ބުނެއެވެ. ސީރީޒްގެ ސީން ސެޓް ކޮށްފައި ވާ އާންމު ވަގުތާ ހިލާފަށް، "ސްޓްރޭންޖާ ތިންގްސް 4"ގެ ޓީޒާ ފައްޓަނީ 1950ގެ އަހަރުތަކުގެ ތެރެއިންނެވެ. އޭގެ ފަހަތަށް އަހަރުތަކެއް ގުނާ، "ސްޓްރޭންޖާ ތިންގްސް"ގެ މައިގަނޑު ކެރެކްޓާތައް، އެ ފާއިތުވީ އަހަރު ކަން ވީ ގޮތުގެ ތަހުގީގުތަކެއް ހިންގާތީވެސް ޓީޒާގައި ފެނެއެވެ.

"ސްޓްރޭންޖާ ތިންގްސް 4" ގެ ޓީޒާ އާންމު ކުރީ "ޓަޑަމް"ގައެވެ. މިއީ މި ޕްލެޓްފޯމްގެ ޑެބިއުވެސްމެއެވެ. "ތަޑަމް" އަށް އެ ނަން ދީފައި ވަނީ، ފިލްމާއި ޓީވީ ޝޯތައް ފެށުމުގެ ކުރިން، އާންމުކޮށް އިވޭ އަޑަށް، ސީދާ ރިއާޔަތް ކޮށެވެ.

ފްރެންޗައިޒް އުސލުން ބަލާއިރުވެސް "ސްޓްރޭންޖާ ތިންގްސް"އަކީ ނެޓްފްލިކްސްއަށް އެންމެ ބުރަދަން ބޮޑު އުފެއްދުމެވެ. "ސްޓްރޭންޖާ ތިންގްސް 4" ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.