މިއަދު ކޮވިޑް ބަލީގައި 80 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ބުނީ، މިއަދު ށ. ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހަކު ވަނީ މަރުވެފައި ކަމަށާއި އެ މަރާއެކު މަރުވި މީހުންގެ ޖުމްލަ އަދަދު 231 އަށް އަރާފައިވާ ކަމަށެވެ.

މިއަދު މަރުވި މިހާގެ ތަފްސީލް ހާމަކުރަމުން އެޗްޕީއޭ އިން ބުނީ، އެ މީހާ އަކީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާ މަރުވެފައި ވަނީ މިއަދު މެންދުރު ފަހު 2:30 ހާއިރު ކަމަށެވެ.

މިއީ މި މަހު ކޮވިޑް ބަލީގައި ރައްޖެއިން މަރުވި 5 ވަނަ މީހާއެވެ. މިދިޔަ މަހުވެސް ރައްޖެއިން ވަނީ މި ބަލީގައި 5 މީހަކު މަރުވެފައެވެ. މީގެ އިތުރުން މިދިޔަ މަހު ލަންކާގައި ހުރި ދިވެއްސަކު ވެސް ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ.