ދިވެހި ފިލްމީ ތަރި ފައުޒިއްޔާ ހަސަން އާއި އިތުރު ދިވެއްސެއް ކަމަށްވާ މަރިޔަމް ރަޝީދާ، ޕާކިސްތާނަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި އިންޑިއާއިން ހައްޔަރުކޮށް ނުހައްގުން ޖަލަށްލި މައްސަލައިގެ ތަހުގީގަށް އިންޑިޔާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ ޓީމެއް ރާއްޖެ އަންނަން ނިންމައިފިއެވެ.
އިންޑިޔާގެ ކެރެލާ ސްޓޭޓުން 1994 ވަނަ އަހަރު ފައުޒިއްޔާ އާއި ރަޝީދާ ހައްޔަރުކުރީ އިންޑިޔާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަނުގެ ސައެންސްވެރިއެއް ކަމަށްވާ ނަމްބީ ނާރަޔަނަންއާއެކުއެވެ. އެމީހުންނަށް ތުހުމަތުކޮށްފައިވަނީ ނާޔަރަނަން މެދުވެރިކޮށް، އިސްރޯގެ ސިއްރުތަކެއް ދިވެހި ސަރުކާރަށް ހޯދައިދީ އެ ސިއްރުތައް ދިވެހި ސަރުކާރު މެދުވެރިކޮށް ޕާކިސްތާނަށް މައުލޫމާތު ދޭން އުޅުނު ކަމުގެ ތުހުމަތެވެ.
އެތިން މީހުން ހައްޔަރުކޮށް ޖަލަށްލާ ނުހައްގުން އެތައް އަނިޔާތަކެއް ވަނީ ކޮށްފައެވެ. އެ މީހުން ޖަލުން ސަލާމަތްވެފައިވަނީ 2 އަހަރު ފަހުންނެވެ. އެއީ އިންޑިޔާގެ މަރުކަޒީ ތަހުގީގީ އިދާރާ ކަމުގައިވާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުގެ ތަޙުޤީޤުން މި މުޅި މައްސަލައަކީ ކެރެލާގެ ފުލުހުން އުފަންކުރި އަސްލެއް ނެތް މައްސަލައެއްކަން ހާމަވުމާ ގުޅިގެންނެވެ.
އޭގެ ފަހުން އެ މީހުން ދޫކޮށްލާފައިވާއިރު ކެރަލާ ސްޓޭޓްގެ ފުލުހުން އަމަލުކުރި ގޮތް ބެލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ސީބީއައިއަށް ވަނީ އެންގާފައެވެ. އެހެންކަމުން ކެރަލާގެ އޭރުގެ ފުލުހުންގެ ވެރިންގެ މައްޗަށް ސީބީއައި އިން މިހާރު ގެންދަނީ ތަހުގީގު ހިންގަމުންނެވެ.
ސީބީއައިިގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ބުނީ ސީބީއައި ރާއްޖެ އަންނަނީ އަނިޔާ ލިބުނު މަރިޔަމް ރަޝީދާގެ ބަޔާން ނެގުމަށެވެ.
އޭގެ އިތުރުން ސްރީލަންކާގައި ދިރިއުޅޭ ފައުޒިއްޔާގެ ބަޔާން ނެގުމަށް ސީބީއައި އިން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ކަންކަމާ އެއް ގޮތްކުން ނުބެހެވުނިއްޔާ އަނެއް ގޮތަކުން ވެސް ބެހެން ވާނެ އެއްނު. މި ބަލާވެރިކަމުން އަޅަމެން ރައްކާތެރި ކުރައްވާށި. އާމީން