އިޓަލީގައި ދިވެއްސަކު ދަންޖައްސާފައި ހުއްޓާ ފަނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރައިލައިފައި ވަނީ ހދ. ނޮޅިވަރަމްފަރަށް އުފަން އުމުރުން 44 އަހަރުގެ ވައިމަތީގޭ މަހްމޫދު އިމާދެވެ.

އިމާދަކީ އިޓަލީ މީހަކާ އިނދެގެން، އެ ގައުމުގައި ދިރިއުޅެމުން ދިޔަ މީހެކެވެ. ނަމަވެސް އިމާދުގެ އަންހެނުންނާ އަންހެނުންގެ ބައްޕަ މިވަގުތު ތިބީ ރާއްޖޭގައެވެ.

އިމާދު މަރުވެފައިވާ ކަމުގެ ހަބަރު އޭނާގެ އާއިލާއަށް އެންމެ ފުރަތަމަ ލިބުނީ އިމާދުގެ އަންހެނުންގެ ފަރާތުން ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އިމާދު ދަންޖައްސާފައި ހުއްޓާ އެންމެ ފުރަތަމަ ފެނިފައިވަނީ އޭނާގެ މައިދައިތައަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އޭނާ ދަންޖައްސާފަ ހުރީ އިޓަލީގެ މިލާނުގައި ހުންނަ އޭނާގެ އަންހެނުންގެ ގޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާދު އަތުގެ އިނގިލިތައް ވެސް ބުރިކޮށްލައިފައިވާ ކަމަށް ވެސް ވެއެވެ. ނަމަވެސް އާއިލާއިން މީޑިއާގައި ބުނެފައިވާގޮތުގައި ބޭރު ފުށުން އެއްވެސް ގެއްލުމެއް ފެންނަން ނެތެވެ.