ނެދަލޭންޑްގެ ސައެންޓިސްޓެއް ކަމަށްވާ ކަރެލް ޓެން ކޭޓް އަށް ވާހަކަދައްކާ މަސްކް އަސްދޫންޏެއްގެ ރިކޯޑިނެއް ހޯދިއްޖެއެވެ.
ލެއިޑެން ޔުނަވާސިޓީގެ ސައިންޓިސްޓު ކަރެލް ޓެން ކޭޓް ބުނީ ކުރި ރެކޯޑު ކުރެވިފައިވާ ރިކޯޑިން އަކުން އިވެނީ މި އަސްދޫނި "ޔޫ ބްލަޑީ ފޫލް" އޭ ކިޔާ އަޑުކަމަށެވެ. ބެލެވޭގޮތުގައި މި އަސްދޫންޏައް ވާހަކަ ދައްކަން ދަސްވެފައި ވަނީ އޮސްޓްރޭލިއާގެ ދޫނިޕާކުގައި އޭތި ބޮޑުވުމުގެ ސަބަބުން އެތަނުގެ މީހުންގެ ފަރާތުންނެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާއަށް ހައިރާންކަން ލިބުނީ "ރިޕާ" ނަމަކަށް ކިޔާ އެ އަސްދޫނި ބުނެފައިވާ ބަސްތަކުން ނޫންކަމަށާއި އެއަށް އިންސާނުން ކުރާ ކަންތައް ނަކަލު ކުރެވުމުން ކަމަށެވެ.
އަސްދޫނީގެ އެ ތަފާތު ހުނަރާ ބެހޭ ވާހަކަ ޝާއިއު ކުރި ރިސާޗު ޖާނަލް، ނެދަލޭންޑްސްގެ ފިލޯސޮފިކަލް ޓުރާންސެކްޝަންސް އޮފް ދަ ރޯޔަލް ސޮސައެޓީބަޔޮލޮޖިކަލް ގައި ބުނެފައިވަާ ގޮތުން ބަސްކިޔާގޮތް ތަފާތުވިނަމަވެސް އެއީ އިންސާނެއްގެ ބަސްތަކެކެވެ. އަދި އޭތި ބަސް ކިޔާ ގޮތް ތަފާތީ އޮސްޓްރޭލިއާގެ ބަހުރުވައިން ކިޔާތީކަމަށެވެ.
1980ގެ ތެރޭގައި ކުރެވިފައިވާ އެ ރިކޯޑިން އަކީ ތެދެއްކަމާ މެދު ފުރަތަމަ ޝައްކުވި ނަމަވެސް އޭތީގެ އަޑު ރެކޯޑު ކުރީ އޯނޮތޮލޮޖިސްޓެއް ކަމަށް ވާ ޕީޓާ ފުލިގާކަމުން އެއީ އަސްލު ރެކޯޑިން އެއް ކަމަށް ވަނީ ބަލައިގެންފައެވެ.
އޭނާ ބުނީ އަސްދޫނީގެ އެ ރިކޯޑިން ހުރީ، ކުރީގެ ސައުންޑު ރިކޯޑިން ބަހައްޓާތަނެއްގައި ފޮރުވާފައި ކަމަށާއި އެ ރެކޯޑިން ފެނުނީ މަޑުމަޑުން ބަލަމުން ދަނިކޮށް ކަމަށެވެ. އަދި އެ ކަން ކުރަން ފެށީ ދޫނިތަކުގެ އަޑުތައް ދަސްކުރުމުގެ ދިރާސާއެއްގެ ތެރެއިން ކަމަށްވެސް ބުނެފައިވެއެވެ.
ކޭޓު ބުނެފައިވާގޮތުގައި ރިޕާއަށް އިންސާނުންގެ ބަސްތަކުގެ އިތުރުން ދޮރުލައްޕާ އަޑާއި އެއްޗެހި ފިތާ އަޑު ނަކަލުކުރަން އިނގޭނެއެވެ.
ބައެއްކަހަލަ ޖަނަވާރުތަކާއި ދޫނީގެ އާއިލާއަށް ނިސްބަތްވާ ގުރާ، ނުވަތަ ލަވަކިޔާ ދޫނިތަކަކީ އިންސާނުންގެ ބަހުރުވަ ނަކަލުކުރުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެއްސެވެ. ނަމަވެސް މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. އަދި އާންމުކޮއް އިންސާނުންގެ އަޑުތައް ނަކަލު ކުރަނީވެސް އިންސާނުންގެ ތެރޭގައި ދިރިއުޅޭނަމައެވެ.
ކޭޓް އިތުރަސް ބުނެފައިވަނީ އާންމުކޮށް މިކަހަލަ ޒާތުގެ ކަންތައް ނުފެންނަ ކަހަލަ އެއްޗެއްގެ ފަރާތުން މިކަން ފެނުމަކީ އާދަޔާ ހިލާފު ކަމެއް ކަމަށެވެ. އަދި އެއީ އަމިއްލައަށް އަޑުތައް ނަކަލު ކުރުމުގެ ގާބިލުކަން ލިބިފަައިވާ އަސްދޫންޏެއް ކަމުން އެއީ ވަރަށް ހާއްސަ ކަމެއްކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
ރާއްޖޭގައިވެސް ވާހަކަ ދައްކާ ގުރާފަދަ ދޫނިތައް އޮޅުކޮށްގެން ގެންގުޅުމަކީ އާންމު ކަމެކެވެ.