ލަގްޒަރީ ޓެކްނޮލޮޖީ ބްރޭންޑެއްގެ ގޮތުގައި ސިފަކުރަމުން އަންނަ އެޕަލްގެ އެންމެ ފަހުގެ އައިޕޯން 13 ނެރެފިއެވެ.

ކޮވިޑްގެ މި ހާލަތާ ގުޅިގެން އެޕަލް ކުންފުނިން އައިޕޯން 13 އިފްތިތާހް ކުރުމަށް ރޭ ބާއްވާފައި ވަނީ ވާޗުއަލް ހަފްލާއެކެވެ. އެ ހަފްލާގައި ވަނީ އައިފޯން މިނީއާއި އައިފޯން 13 އާއި އައިފޯން 13 ޕްރޯ އަދި އެޕަލް ވޮޗް ތައާރަފް ކޮށްފައެވެ. އައިފޯން 13 މިނީގެ އަގަކީ 699 ޑޮލަރެވެ. އައިފޯން 13ގެ އަގަކީ 799 ޑޮަލަރެވެ. ހަމައެއާއެކު އައިފޯން 13 ޕްރޯގެ އަގަކީ 999 ޑޮލަރެވެ. އަދި އައިފޯން 13 ޕްރޯ މެކްސްގެ އަގަކީ 1099 ޑޮަލަރެވެ. މީގެ އިތުރުން އެޕަލް ވޮޗްގެ އަގަކީ 399 ޑޮލަރެވެ.

އެޕަލް ކުންފުނިން ބުނީ ރޭ ތައާރަފް ކުރި މި ފޯނުތަކަށް ޕްރީއޯޑާ ކުރެވޭ ގޮތަށް ހުޅުވާލާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ. އަދި ފޯނު ބާޒާރާށް ނެރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށް އެ ކުންފުނިން ބުނެއެވެ.

އައިޕެޑް މިނީ - ރޭ ވަނީ ރަސްމީކޮށް ލޯންޗު ކޮށްފައި

މި ފަހަރު ތައާރަފް ކުރި އައިފޯން 13ގެ އެކި ކުލަަތައް ބާޒާރަށް ނެރޭނެ ކަމަށް އެޕަލް ކުންފުނިން ބުނެއެވެ. އެ ގޮތުން އައިފޯން 13 އަދި 13 މިނީގެ ކުަލަތަކަކީ ފިޔާތޮށި، ނޫ، ކަޅު، ސިލްވާ އަދި ރަތެވެ. އައިޕޯން 13 ޕްރޯ އަދި 13 ޕްރޯ މެކްސްގެ ކުލަތަކަކީ ގްރެފައިޓް، ގޯލްޑް، ސިލްވާ އަދި ނޫ ކުލައެވެ. އައިފޯން 13 އިންޓާނަލް ސްޓޯރޭޖް 128 ޖީބީން ފެށެއިރު އެ ފޯނުގެ 256 ޖީބީ އަދި 512 ޖީބީ ވެސް ލިބޭނެ ކަމަށް އެޕަލުން ބުނެއެވެ. ހަމައެއާއެކު އައިފޯން 13 ގެ 1ޓީބީ ފޯނުތައް ވެސް މި ފަހަރު މާކެޓަށް ނެރޭނެ ކަަމަށް އެޕްލްއިން ބުނެއެވެ.

ރޭ ތައާރަފްކުރި އައިފޯން 13 ވެގެން ދާނީ އޭ15 ބަޔޮނިކް ޗިޕާއެކު މީގެ ކުރިން އައިފޯން ބޭނުންކުރި މީހުން ސިއްސައިގެންދާ ވަރުގެ ދުވެލި ބާރު ފޯނަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެޕަލް ވޮޗް - ރޭ ވަނީ ރަސްމީކޮށް ލޯންޗު ކޮށްފައި

ރޭ އެ ހަފްލާގައި ވަނީ އެޕަލް ވޮޗް ވެސް ދައްކާލާފައެވެ. ނަމަވެސް އެޕަލް ސީރީޒް 7ގެ ގަޑިތައް ބާޒާރަށް ނެރެން ހަމަޖެހިފައިވާ ތާރީހެއް ހާމައެއް ނުކުރެއެވެ. ސީރީޒް 7ގެ ގަޑިތައް ފެށޭ އަގަކީ 399 ޑޮލަރެވެ. މީގެ އިތުރުން އެންމެ ފަހުގެ އައިޕެޑްތައް ވެސް ވަނީ މި ހަފްލާގައި ދައްކާލާފައެވެ. އެ ގޮތުން އައިޕެޑް މިނީ ވައިފައި / ސެލިއުލާ އާއި އައިޕެޑް 9 ވަނީ ދައްކާލާފައެވެ. އައިޕެޑް މިނީ ވައިފައިގެ އަގުތައް ފެށެނީ 499 ޑޮލަރުންނެވެ. އައިޕެޑް އާދައިގެ ސައިޒެކޭ އެއްގޮތަށް އައިޕެޑް މިނީއަށް ވެސް މިއަދު އޯޑަރުކުރެވޭ ނެއެވެ. އަންނަ ހަފުތާއިން ފެށިގެން އާންމުކޮށް ވިއްކަން ފަށާނެ ކަމަށް އެޕަލް އިން ބުނެއެވެ.

މީގެ އިތުރުން މިރޭ ތައާރަފްކުރި އައިޕެޑް 9ގެ އެވްރެޖް އަގުތަކަށް ބަޅާއިރު، ކިޔަވާ ކުދިންނަށް ހާއްސަ އައިޕެޑް އުޅެނީ 299 ޑޮލަރަށެވެ. އައިޕެޑް 9 64 ޖީބީ ގެ އަގު ފެށެނީ 329 ޑޮލަރުންނެވެ.

މިދިޔަ އަހަރަކީ ސްމާޓްފޯނުގެ ވިޔަފާރީގައި އެޕަލްއަށް ހީނަރުކަމެއް ގެނުވި އަހަރެކެވެ. ނަމަވެސް، އާ އުފެއްދުންތަކާއެކު އެ ކަން ފޫބެއްދުމުގެ ފުރުސަތު އެ ކުންފުންޏަށް އެބައޮތް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.