ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު 2 މަސް ބޯޓު އަތުލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ގަވައިދާ ހިލާފަށް ވަދެގެން އުޅުނު ބޭރުގެ 2 މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ ދެ މަސް ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ފެނިފައި ވަނީ މިމަހު 11 ވަނަ ދުވަހުގެ 05:55 ހާއިރު ކަމަށް އެމްއެމްޑީއެފުން ބުނެއެވެ.

ދެވަނަ ބޯޓު ފެނިފައި ވަނީ އިއްޔެ 05:34 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި "އަސުރުމާ 3" ދޯނިން އެމްއެންޑީއެފް ކޯސްޓް ގާޑަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.

ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަސް މަސްވެރިކަން ކުރަން ދޭތެރެ ދޭތެރެއިން އުޅަނދުތައް ވަދެއެވެ.

އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ މި ބާވަތުގެ އުޅަނދުތައް އިތުރަށް ބަލާ، ފާސް ކުރާ އިރު މަސްތުވާތަކެތި ފެންނަ ނިސްބަތްވެސް މަދެއް ނޫނެވެ.