ކޮވިޑް ކޭސްއާ ގުޅިގެން މޮނިޓަރިން އަށް ލީ އއ. ހިމަންދޫގެ މޮނިޓަރިން ހާލަތު އުވާލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ހިމަންދޫގެ މޮނިޓަރިން ހާލަތު އުވާލާފައި ވަނީ ރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ނެގަޓިވް ވުމާ ގުޅިގެން ކަމަށެވެ

އެ ރަށަށް ޗުއްޓީ ގޮސް އުޅުނު މީހަކު ޕޮޒިޓިވެ، އެ މީހާގެ 3 ޑައިރެކްޓް ކޮންޓެކްޓުން ޕޮޒިޓިވް ވުމާ ގުޅިގެން އެ ރަށް މޮނިޓަރިންއަށް ލީ މިދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ.

މީގެ ކުރިންވެސް ހިމަންދޫ މޮނިޓަރިންއަށް ލާފައިވެއެވެ.

މި ވަގުތު 18 ރަށެއް މޮނިޓަރިންގާ އޮތްއިރު، މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.