އޭވިއޭޝަން ދާއިރާގެ ހިދުމަތްތެރިއެއް ކަމަށްވާ އަހުމަދު ފަޔާޒު (ފަޔާ) މިރޭ ކުއްލި ގޮތަކަށް ނިޔާ ވެއްޖެއެވެ.

ފަޔާޒަކީ ރީޖަނަލް އެއާޕޯޓްސްގެ ސޭފްޓީ އެންޑް ކޮލިޓީ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ކުއްލި ގޮތަކަށް ނިޔާވި އިރު ހުންނެވީ ކުންފުނީގެ ރަސްމީ މަސައްކަތެއްގައި ހއ. ހޯރަފުށީގައެވެ.

ފަޔާޒް ނިޔާވުމާ ގުޅިގެން ހޯރަފުށީ ދާިއރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، ފަޔާޒް ނިޔާވުމުގެ ހިތާމައިގައި މުޅި ހޯރަފުށި ބައިވެރިވާ ކަމަށެވެ. ފަޔާޒަކީ ހިތްހެޔޮ އެތައް ބައެއްގެ ގާތް އެކުވެރިއެއް ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

https://www.facebook.com/SalleHoarafushi/posts/1137779596709015

ފަޔާ ނިޔާވުމާ އެކު ފްލައިޓެއް ޗާޓަރުކޮށްގެން އޭނާގެ ހަށިގަނޑު މިރޭ މާލެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ރީޖަނަލް އެއާޕޯޓްގައި މަސައްކަތް ކުރެއްވުމުގެ ކުރިން ފަޔާޒް ވަނީ އެމްއޭސީއެލްގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.

ފަޔާޒަކީ ރާއްޖޭގައި ހުންނެވި އެންމެ ކުޅަދާނަ އެއް ފަޔާފައިޓަރުވެސް މެއެވެ.