މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 169 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީޢޭއިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 5764 ސާމްޕަލް ޓެސްޓުކޮށްފައިވާ އިރު ޕޮޒިޓިވް ވެފައި ވަނީ 169 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 53 މީހަކާއި، އަތޮޅުތެރެއިން 96 މީހަކާއި ރިސޯޓްތަކުން 20 މީހެކެވެ.

މިއަދު ޕޮޒިޓިވްވި 169 މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 81،979 އަށް އަރާފައެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 226 އަށް އަރާފައި ވާއިރު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން މިހާރު ފަރުވާދެމުން ގެންދަނީ 23 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 545 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 177 މީހަކު މަރުވެފައެވެ.

މި ވަގުތު އެކްޓިވް ކޭސްގެ އިތުރުވެ 2057 މިީހަކު ކޮވިޑް ޖެހިފައި އެބަ ތިބި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.