ރާއްޖެއިން މިއަދު 179 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 42 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 120 މީހަކާއި މިވަގުތު ހިންގަމުން ގެންދާ ރިސޯޓު ތަކުން 17 މީހެއް ކަމަށެވެ.

މި އަދަދަކީ ޓެސްޓު ކުރި 5120 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވާ އަދަދު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ޕޮސިޓިވްވި 179 މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 81،653 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވް ވި މީހުންނާއި ބަލިން ރަނގަޅުވި މީހުންނާއެކު އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1966 ގައެވެ.

ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 226 އަށް އަރާފައި ވާއިރު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން މިހާރު ފަރުވާދެމުން ގެންދަނީ 25 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 545 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 177 މީހަކު މަރުވެފައެވެ.