ރާއްޖެއިން މިއަދު 152 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 26 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 74 މީހަކާއި މިވަގުތު ހިންގަމުން ގެންދާ ރިސޯޓު ތަކުން 48 މީހުން ކަމަށެވެ.

މި އަދަދަކީ ޓެސްޓު ކުރި 4124 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވާ އަދަދު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ޕޮސިޓިވްވި 152 މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 81،112 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވް ވި މީހުންނާއި ބަލިން ރަނގަޅުވި މީހުންނާއެކު އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1730 ގައެވެ.

ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 226 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 542 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 177 މީހަކު މަރުވެފައެވެ.