މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) ގެ މާލެ ކޮމާޝަލް ހާބަރު ތެރެއިން މިއަދު ފެނުން އިގުއާނާ ފުލުހުންނާ ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ މިއަދު މެންދުރުފަހު ގާތްގަނޑަކަށް 1:45 ހާއިރު ރާއްޖޭގައި އާންމުކޮށް ނުފެންނަ ބާވަރުގެ ބޮނޑެއް ކަމުގައިވާ "ވައިލްޑް އިގުއާނާ" އެއް އެމްޕީއެލް ސަރަހައްދުގެ ތެރެއިން ފެނިގެން ރިޕޯޓުކޮށްފައި ވާ ކަމަށެވެ. އެ އިގުއާނާގައި ގާތްގަނޑަކަށް 2 ފޫޓު ހުރިކަން އެމްއެންޑީއެފް އިން ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުކުރުމުން މިއަދު 2 ޖަހާއިރު އެ އިގުއާނާ ރައްކާތެރިކަމާ އެކު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެމްޕީއެލް އިން މީގެ ކުރިން ބުނީ ބައެއް ފަހަރު ގެންނަ ކޮންޓެއިނާ ތަކުން އެގޮތަށް ދިރޭ އެއްޗެހި ފެންނަ ކަމަށެވެ.