ވެލާނާގޭގައި ހުންނަ ޓޫރިޒަމް މިނިސްޓްރީ ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން އެމްއެންޑީއެފް ބޮމްބް ސްކޮއަޑް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ޓޫރިޒަމް މިނިސްޓްރީ ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ރިޕޯޓް ކުރުމުން އެމްއެންޑީއެފްގެ ބޮމްބް ސްކޮއަޑް އިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ވަނީ އޮފީސްތަކުން ގޮތް ނޭނގޭ އެއްޗެއްސާ ހަވާލު ނުވުމަށް ވެސް އިލްތިމާސް ކޮށްފައެވެ.

ސަރުކާރުގެ މައި ގިނަ އޮފީސްތައް ހިންގަމުން ގެންދާ ވެލާނާގެ 5 ވަނަ ފަންގިފިލާގައި ހުންނަ ޓޫރިޒަމް މިިސްޓްރީ ތެރެއިން ގޮތްނޭނގޭ އެއްޗެއް ފެނިފައި ވާއިރު އެ މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ނެރެފައި ވާކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީި ރިޕޯޓް ކޮށްފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ، ޓޫރިޒަމް މިނިސްޓްރީން ފެނުނީ ނުތައްކާތެރި އެއްޗެއް ނޫން ކަމަށެވެ.

ދޭތެރެ ދޭތެރެއިން ގޮތް ނޭނގޭ އެއްޗެހި ފެނިގެން ސަލާމާތީ ބާރުތަކުން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައި ވެއެވެ. އެ ގޮތުން، ޖުލައި 15، 2021 ގައި ސްޕްރީމް ކޯޓު ކައިރިން ކުޅޭކުޅޭ ކާރެއް ފެނުމާއި މާޒު 11، 2020 ގައި ޖުމްހޫރީ މައިދާނުން ގޮތް ނޭނގޭ ފޮއްޓެއް ފެނުނު ހާދިސާއެއް މިފަހުން ވަނީ ހިނގާފައެވެ.