މިއަދު މަސް ފެންގަނޑަކަށް ވެއްޓިގެން މަރުވި 11 މަހުގެ ކުއްޖާގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، އެ ކުއްޖާ މަރުވި މައްސަލަ އެ އަތޮޅުގެ އެފްސީއެސްސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ފުލުހުންގެ ޓީމެއް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުޖާ ފެނުނު އިރު އޮތީ އެ ފެންގަނޑު ތެރެއަށް ވެއްޓިފައެވެ. އޭރު އެ ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ކުއޖްާ މަރުވެފައި ވަނީ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް އެ ރަށު ކައުންސިލް މެންބަރު މުހައްމަދު ރިޒާ، 'ދަ ޕްރެސް' އަށް ވަނީ ހިއްސާ ކުރައްވާފައެވެ.

މި ހާދިސާގައި މަރުވެފައި ވަނީ 11 މަހުގެ ފިރިހެން ކުއްޖެކެވެ.

އޮމަދޫން މި ކުއްޖާ ވެއްޓުނު މަސް ފެންގަނޑަކީ އެ ގޭގެ ގޯތި ތެރޭ ބިންމަތީގައި ސިމެންތިން ހަދާފައިވާ މަސް ފެންގަނޑެއް ކަމަށް މައުލޫމާތު ލިބެއެވެ.