މިއަދު ޖުމްލަ 108 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 37 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 63 މީހަކާއި މިވަގުތު ހިންގަމުން ގެންދާ ރިސޯޓު ތަކުން 8 މީހެއް ކަމަށެވެ.

މިއާއެކު މިއަދު 113 މީހަކު ވަނީ ކޮވިޑް ބަލިން ފަސޭހަ ވެފައެވެ.

މިއަދު ޕޮޒިޓިވް ވި މީހުންނާއެކު އެކްޓިވް ކޭސްގެ އަދަދު މިވަނީ 1641 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 225 އަށް އަރާފައެވެ. މިއަދު ކޮވިޑް ބަލީގައި ދެ މީހުން ވަނީ މަރުވެފައެވެ. އެއީ 92 އަހުރުގެ ދިވެހި އަންހެނަކާއި 49 އަހަރުގެ ދިވެހި އަންހެނެއެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 534 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 176 މީހަކު މަރުވެފައެވެ.