ކޮވިޑް 19 ޖެހިގެން މިއަދު ދެވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން މިއަދު މަރުވި ދެވަނަ މީހާ އަކީ އުމުރުން 49 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ މިއަދު މެންދުރުފަހު 2:30 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެމީހާ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަރާ އެކު މިހާރު ރާއްޖެއިން މި ބަލީގައި މަރުވި މިހުންގެ އަދަދު ވަނީ 225 އަށް އަރާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު ކޮވިޑްގައި ފުރަތަަމަ މީހަކު މަރުވެފައިވަނީ އައްޑޫ ސިޓީންނެވެ. އައްޑޫން ނިޔާވެފައި ވަނީ 92 އަހަރުގެ އަންހެނެކެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 534 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 176 މީހަކު މަރުވެފައެވެ.