އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުކަމަށް ކެޕްޓަން ހަނާ މުހައްމަދު ހަމަޖައްސައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، އިންފޮމޭޝަން އޮފިސަރަކަށް ހަނާ ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި މޭޖާ އިބްރާހިމް އާޒިމްގެ ބަދަލުގައި ކަމަށެވެ.
އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ހަނާ ހަމަޖައްސާފައި ވަނީ މިއަދު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މޭޖާ އާޒިމް އެ މަގާމުން ވަކިވީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ މިއީ ސިފައިންގެ ތާރީހުގައި އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރެއްގެ މަގާމަށް އަންހެނަކު ހަމަޖެއްސި ފުރަތަމަ ފަހަރު ކަމަށެވެ.
މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތުގައި ސިފައިންގެ އަންހެނުންނަށް އެމްއެންޑީއެފް އިން ގިނަ ފުރުސަތު ތަކެއް ހުޅުވާލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.