އދ. ވަކަރުފަޅި ރިސޯޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެތް ބަންޑުން ޖަހާލައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އެއީ ރޭ ފަތިހު 4:30 ގައި ކ. ތިލަފުށިން ދަގަނޑާއި ހިލަވެލި ބަރުކޮށްގެން 3 ފަޅުވެރިއަކާ އެކު ދަތުރުކުރަމުން ދިޔަ ދޯންޏެތް ކަމަށެވެ. ފަޅުވެރިންގެ ތެރޭގައި ހިމެނެނީ 2 ބިދޭސީ އަކާއި 1 ދިވެއްސެކެވެ. ވަކަރުފަޅި ރިސޯޓަށް ދަތުރުކުރަމުން ދިޔައީ 89 ފޫޓުގެ "ރާޔާ" ނަމަކަށް ކިޔާ ދޯންޏެކެވެ.

މި މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނު ކަމަށް ވަނީ މިއަދު މެންދުރުފަހު ގާތްގަނޑަކަށް 14:48 ހާއިރުއެވެ. އަދި "ދިރުން" ނަމަކަށް ކިޔާ ދޯންޏެތްގެ އެހީތެރިކަމާއެކު ބަންޑުންޖަހާލި ދޯނީގައިތިބި ފަޅުވެރިން ސަލާމަތްކޮށް ކޯސްޓްގާޑުގައި ވަނީ ހުޅުމާލެ ގެނެސްފައެވެ.

އެމްއެންޑީއެފް އިން ބުނީ މި ދޯނި ބަންޑުން ޖަހާލައިފާ ވަނީ ކ.ފިހާޅޮހި ރިސޯޓް އާއި ގާތްގަނޑަކށް 6.5 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އަދި މި ދޯނި އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.