ރާއްޖޭގެ މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ފަސް ވަނަ ކައިވެންޏެއް ކޮށްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޔޫއްޕެ ބުނީ ކައިވެނި ކުރީ މިދިޔަ މަހުގެ ތެރޭގައި ކަމަށާއި އިއްޔެ އޮތީ ދެފަރާތުގެ އާއިލާއަށް ބޭއްވި ކުޑަ ސަޔެއް ކަމަށެވެ.
ޔޫއްޕެ ބުނިގޮތުގައި އޭނާ ކައިވެނި ކުރީ ރ. ރަސްގަތީމު، އަންހެނެއް ކަމަށް ވާ އިޝީ (އާންމު ނަން) އާއެވެ.
ޔޫއްޕެ މިހާތަނަށް ފަސް ކައިވެންޏެއް ކޮށްފައި ވާއިރު އޭނާގެ ދެ ދަރިން ހުރެއެވެ. އެއީ ޔޫއްޕެގެ ފުރަތަމަ އަދި ދެވަނަ ކައިވެންޏަށެވެ.
ޔޫއްޕެ ދެވަނަ ކައިވެނި ކުރީ ކުރީގެ ފިލްމީ ތަރި ފާތިމަތު ފަރީލާއާއެވެ. އަދި ތިން ވަނަ ކައިވެނި ކުރީ މާލޭ ސިޓީ ކައުންސިލް މެންބަރެއް ކަމަށްވާ ނަހުލާ އަލީ އާއެވެ.
ރީތި ގިނަ ފިލްމުތަކެއް ކުޅެފައިވާ ޔޫއްޕެ މިހާރު ގިނައިން އުޅެނީ ފިލްމު ޑައިރެކްޓް ކޮށް އަދި ޕްރޮޑިއުސް ކުރުމުގައެވެ.
މިފަހަރު ކިހާވަރަކުން ދާނެބާ؟ ޔޫއްޕޭ 7 އޮތީ ކޮންއިރަކުން . 2023 ގަތަ!
މިފަހަރުވެސް އިހިނަގާ ނުވަތަ އޮނަށް ފުމޭނެބާ... ވަރަށް ބާއްޖަވެރި ކައިވެންޔަކަށް އެދެން ދެ ކުދިން ނަށް...