ގިނަ އަދަދެއްގެ ފޯނުތަކެއް ޖަލުތަކުން އަތުލައިފިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދާއި ހުސްވި ހަފްތާގައި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލާއި މާފުށީ ޖަލުގައި ކައިރި ކައިރީގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްގައި ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަނާތަކެތި އަތުލައިގެންފައިވާ ކަމަށް އަހްމަދު މުހައްމަދު ވަނީ ވިދާޅުވެފައެވެ.
އެމައްސަލައަށް ދާއިމީ ހައްލު ހޯދެންދެން، އަވަސް އަވަހަށް އޮޕަރޭޝަންތައް ކުރިޔަށް ގެންދާނެ ކަމަށް ވެސް އަހްމަދު މުހައްމަދު ވަނީ ވިދާޅުވެފައެވެ.
އަހްމަދު މުހައްމަދު ވަނީ ޖަލުތަކުން އަތުލައިގެން ތަކެތީގެ ފޮޓޯތައް ހިއްސާކުރައްވާފައެވެ.
އެގޮތުން އަތުލައިގަން ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ފޯނުތަކެއް ހިމެނެއެވެ.