ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 282،653 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަޑޯޒް ފުރިހަމަ ކޮށްފައި ވަނީ 329،403 މީހުންނެވެ. އޭގެތެރެއިން 282،653 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 6 ވަނަ ދުވަހު އަތޮޅުތެރެއިން 7337 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 374 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 363 މީހެކެވެ. ހަމައެއާއެކު

ޖުލައި 31 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭން ފަށާއިފައިވާއިރު، އެ ވެކްސިން ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހައްދަން ޖެހެއެވެ.

އެސްޓްރަޒެނެކާ ޖަހައިދެން ފަށާފައި ވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވެކްސިން ހުރި ވަގުތު އަވަހަށް ވެކްސިން ޖަހައި ނިންމުމަށް އިލްތިމާސް ކުރައްވާފައެވެ.

އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭނީ މާލެ ސަރަހައްދުގެ 6 ސެންޓަރަކުންނެވެ. އެއީ އާޓް ގެލެރީ، އިސްލާމިކް ސެންޓަރު، ސޯޝަލް ސެންޓަރު، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލެވެ.