3700 އަހަރުވީ މަށިގަނޑުގައި ކަނޑާ ނަގާފައި ވަނީ، ސްކޫލް ދައުރުން ފެށިގެން ކިޔަވާ ދެމުން އަންނަ ހިސާބު އިލްމުގެ ބަހާގެ ތެރޭގައި އެންމެ އުނދަގޫ ކަމަށް، އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ބުނަމުން އަންނަ އެޕްލައިޑް ޖޯމެޓްރީގެ ވަނަވަރު ކަން، އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސްގެ ހިސާބު އިލްމުވެރިއަކު ދެނެގެންފިއެވެ.

މި މަށިގަނޑަކީ 19 ވަނަ ގަރުނުގެ ތެރޭގައި ފެނުނު މަށުގަނޑެކެވެ. ނަމަވެސް މި މަށިގަނޑު ވަނީ، ގަރުނެއް ހާ ދުވަސް، ތުރުކީވިލާތުގެ އިސްތަންބޫލްގެ ދާރުލްއާސާރެއްގައި ހޭދަ ކޮށްފައެވެ. މި މަށިގަނޑު ފެނިފައި ވަނީ، މިހާރުގެ އިރާގުގެ މެދުތެރޭ ސަރަހައްދުންނެވެ.

ވަށްބުރެއްގެ ބައްޓަމަށް އޮތް މި މަށިގަނޑުގައި ކުރެހުން ކަނޑާ ނަގާފައި ވަނީ ބާބިލްގެ ސާވޭ ކުރާ މީހެއް ކަމަށް ބުނެވެއެވެ.

19 ވަނަ ގަރުނުގެ ތެރޭގައި އިރާގުން ފެނުނު މަށިގަނޑު / ފޮޓޯ: ގޫރޫ މެޑިޓޭޝަން

ހިސާބު އިލްމުވެރިޔާ، ޑރ ޑެނިއަލް މޭންސްފީލްޑް ވިދާޅުވީ، މަށިގަނޑުގައި ވަނީ ބިމުގެ ސަރަހައްދީ އިންތައް ވަކި ކުރުމަށް ސާވޭ ކުރާ ފަރާތްތަކުން ބޭނުން ކުރި ޕްލޭނެއް ކަމަށެވެ. އަދި މިއީ ގަދީމީ ބާބިލް ޒަމާނުން ލިބުނު މިފަދަ ހަމައެކަނި އެކި ކަމަށެވެ.

މީގައިވާ ކުރެހުންތަކުގައިވަނީ އެޕްލައިޑް ޖިއޮގްރަފީ ކަމުގައި ވާ އިރު، މިއީ މިހާރު ހިސާބު އިލްމުގައި ބޭނުން ކުރަމުން އަންނަ ޕައިތަގޮރަސް ތިއަރީ އުފަންވުމުގެ ހާހަކަށް ވުރެ ގިނަ އަހަރު ކުރިން ކުރަހާފައި ވާ ކުރެހުންތަކެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

ޑރ މޭންސްފީލްޑްގެ ދިރާސާ އާންމު ކޮށްފައި ވަނީ ފައުންޑޭޝަންސް އޮފް ސައެންސްގައެވެ.