ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތިތަކެއް މޯލްޑިވަސް ކަރެކްޝަނަލް ސާވިސްއިސް އިން އަތުލައިގަނެފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ލިބުނު މައުލޫމާތަކައި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ޖަލަށް ވެއްދުމަށްޓަކާ އެޖަލުގައި ޕޮޓުކޮށްފައިވާ މަސްތުވާތަކެތި އެޖަލުގެ އޮފިސަރުން ހޯދާފައިވާ ކަމަށެވެ.

އަދި އެ ތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު މުހައްމަދު އިތުރަށް ވިދާޅުވީ އައްސޭރި ޖަލުގެ ވަށާފާރު އުސްކުރުމުގެ ޕްރޮޖެޓް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެކަމުގެ އަމަލީ މަސައްކަތް މާދަމާ ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަސައްކަތް ނިމުމުން، ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލެ ލިބިގެންދާނެ ކަމަށް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.