މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓުގެ ގޮޅިތަކާއި ކުއްޔަށް ދޫކުރާ ޕާކިން ޖާގަތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުުރު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެެވެ.
އެ ސިޓީގެ ކައުންސިލްގެ ދަށުން ހިންގަމުންދާ އެ މާރުކޭޓްގެ ގޮޅިތަކަށް އެދޭ ފަރާތްތަކުން ފޯމް ހުށަހެޅުމުުގެ އެންމެ ފަހު ތާރީހަކަށް މީގެ ކުރިންދީފައި ވަނީ އޮގަސްޓް 2 ވަނަ ދުވަހެވެ. އަދި ޕާކިން ޖާގަތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 18 ކަމަށެވެ.
އެހެން ނަމަވެސް އީދު ބަންދާއި، މިނިވަން ދުވަހުގެ މުނާސަބަތުގެ ހަރަކާތްތަކާއެކު ޖުލައި 31 ގެ ނިޔަލަށް ސަރުކާރު ބަންދު ވުމާއެކު ފޯމާ އެކު ހުށަހަޅަންޖެހޭ ބައެއް ލިޔެކިޔުންތަށް ސަރުކާރުގެ އިދާރާތަކުން ހޯދުމުގައި ދަތިތަކެއް ހުރިކަމަށް ފެންނާތީ، މާރުކޭޓް ގޮޅިއަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
މިއާއެކު އެ ކައުންސިލުން ވަނީ މާރުކޭޓް ގޮޅި ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކަށް 17 އޯގަސްޓް އަދި ޕާކިން ޖާގަތަކަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 14 އޮގަސްޓް ކަމަށް ކަނޑައަޅާފައެވެ.
މި ދެ މާރުކޭޓުން ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖައްސާފައި ވާއިރު ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޯޅި ދިނުމަށް ހަމަޖެހިފައިވެއެވެ.
މިގޮތުން ދޫކުރަން ހަމަޖެހިފައި ވަނީ ޖުމްލަ 211 ޖާގަ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ޖާގަ ދޫކުރާ ވެހިކަލް ތަކަކީ 350 ކިލޯގެ ޕިކަޕާއި ކާރު އަދި ވޭން ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
މާލޭ ސިޓީގައި ޕާކުކުރުމަށް ކުުރިން ބޮޑު އަދަދެއް ނަގަމުން ގޮސްފައި ވާއިރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ޑރ. މުހައްމަދު މުއިއްޒު ހޮވިވަޑައިގަތުމަށްފަހު ޕާކު ކުރުމަށް ނަގާ ފީ ވަނީ 3،000 އިން 700 އަށް ކުޑަކޮށްފައެވެ.
މާލެ ސިޓީ ކައުންސިލުން ގޮޅި ދޫކުރަން ކުރި އިއުލާނުގައި ބުނެފައި ވަނީ ކޮންމެ ފަރާތަކުން ވެސް ފޯމް ލެވޭނީ އެއްގޮޅިއަށް ކަމަށެވެ. އަދި ފޯމް ހުށަހަޅާއިރު އެ ފަރާތަކުން ކުރަން ބޭނުންވާ ވިޔަފާރިއާ ދިމާލުގައި އެއްގޮޅީގައި ފާހަގަ ޖަހަންވާނެ ކަމަށެވެ.
ފޯމު ލިބޭ ލިންކް ވެސް ހިއްސާ ކޮއްލަދެއްވި ނަމަ ހާދަ ރަނގަޅުވީޙޭ.