މިރޭ 12 އިން ފެށިގެން މާދަމާ ހެނދުނު 6 އާ ދެމެދުގެ ގަޑިތަކުގައި ދިރާގު ބްރޯޑްބޭންޑް ހިދުމަތްތަކަށް ބުރޫ އަރާނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ މެއިންޓެނަންސްގެ މަސައްކަތެއް ކުރަމުން ދާތީ ދިރާގު ބްރޯޑްބޭންޑް ހިިދުމަތް ހޯދާ ފަރާތްތަކަށް މިރޭ ދަންވަރު 12:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދު ހިދުމަތް ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން ހިދުމަތް ކެނޑޭ އިރު 5 ވަރަކަށް މިނެޓު ވަންދެން ހިދުމަތް ނުލިބި ހުރުން އެކަށީގެންވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ހިދުމަތަކަށް ބުރޫ އަރާނެތީ، ދިރާގުން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.

މީގެ ކުރިންވެސް ދިރާގުން އަޕްގްރޭޑް ކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި ބައެއް ހިދުމަތްތަކަށް ބުރޫ އަރާފައި ވެއެވެ. އަދި މިފަދަ މަސައްކަތްތައް ކުރާ އިރު އެ ކުންފުނިން ކަސްޓަމަރުންނަށް އަންގާ އިއުލާން ވެސް ކުރެއެވެ.