ށ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ، ށ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 59 އަހަރުގެ ދިވެހި އަންހެނެއް ރޭ މެންދަމު 03:05 ގައި މަރުވެފައިވާ ކަމަށެވެ.

މިއާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 214 އަށް އަރާފައެވެ. މިއީ މިމަހުގެ ތެރޭގައި ކޮވިޑް ޖެހިގެން މަރުވި ތިން ވަނަ މީހާއެވެ.

މިދިޔަ ޖޫން މަހު ކޮވިޑް ބަލީގައި 50 މީހުން މަރުވި އިރު މޭއި މަހުގެ ތެރޭގައި އައި ކޮވިޑްގެ ބިޔަ ރާޅާއެކު 88 މީހެއްގެ ފުރާނަ ގެއްލުނެވެ. މިއީ އެއް މަހެއްގެ ތެރޭގައި މި ބަލީގައި ރާއްޖެއިން މީހުން މަރުވި މަސް ވެސް މެއެވެ.

2021 ގެ ކޮވިޑް މަރުގެ އަޕްޑޭޓް: 166

  • ޖުލައި 2021 - 3 މަރު
  • ޖޫން 2021 - 50 މަރު
  • މެއި 2021 - 88 މަރު
  • އޭޕްރީލް 2021 - 6 މަރު
  • މާޗް 2021 - 5 މަރު
  • ފެބްރުއަރީ 2021 - 10 މަރު
  • ޖެނުއަރީ 2021 - 4 މަރު

މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހަކީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ ޖުމްލަ 13 މީހަކު މަރުވެފައެވެ.