މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ހުށަހެޅުމުން، އެ އިލްތިމާސް ދިރާސާކޮށް އަމަލުކުރުމަށް ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވާލާފައި އޮންނަ ކްލެމެންސީ ބޯޑުން ރެކޯޑު އަދަދަކަށް މައްސަލަތައް ނިންމައިފިއެވެ.

ކްލެމެންސީ ބޯޑުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ޖޫންގެ ނިޔަލަށް 429 މައްސަލަ ބޯޑުން ވަނީ ނިންމާފައެވެ. މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި މިހާ ގިނަ އަދަދަކަށް މައްސަލަތައް ނިންމި ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ 11 އަހަރު އެވްރެޖުކޮށް ނިންމި މައްސަލަތަކާ ބަލާއިރު މިއީ 250 ޕަސެންޓް އިތުރުވުމެކެވެ.

ކްލެމެންސީ ބޯޑުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރާއި ވޭތުވެދިޔަ ދެ އަހަރު އެ ބޯޑުން ބާއްވަން އެޖެންޑާކުރި އެއްވެސް ޖަލްސާއެއް ކޯރަމް ހަމަނުވެގެން ކެންސަލްކުރަން ޖެހިފައެއް ނުވެއެވެ.

ކްލެމެންސީ ބޯޑުން ރެކޯޑު އަދަދަކަށް މައްސަލަތައް ނިންމަވައިފި

ކްލެމެންސީ ބޯޑަކީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ބޯޑެކެވެ. ކްލެމެންސީ ބޯޑު ހަރަކާތްތެރިވާނީ އެޓާނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ. ބޯޑުގެ ރައީސަކީ އެޓާނީ ޖެނަރަލްއެވެ.

ކްލެމެންސީ ބޯޑަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ބޯޑުގައި ހިމެނެނީ ގާނޫނީ ދާއިރާއިން މީހަކާއި ތައުލީމީ ދާއިރާގެ މީހަކާއި އިޖުތިމާއީ ދާއިރާގެ މީހަކާއި ސިއްހީ ދާއިރާގެ މީހަކާއި ދީނީ އިލްމުގެ މީހަކާއި މަދަނީ ޖަމްއިއްޔާއެއްގެ މީހެއްގެ އިތުރުން ޕެރޯލް ބޯޑުގެ މެންބަރެކެވެ.