ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ ބަންގްލަދޭޝްގެ ނާމްސޫފި ގެންގުޅޭ ދަނޑެއްގައި އޮތް ހާއްސަ ސެލެބްރިޓީއެއް ކަމަށްވާ "ރާނީ" ބަލާލުމަށް، އެތައް ބަޔަކު ޖަމަވާން ފަށައިފިއެވެ.

ޑްވޯފް ކައު ނުވަތަ އާދަޔާ ހިލާފަށް ކުޑަ ގެރިއެއް ކަމަށް ވާ ރާނީއަކީ ބުއްޓީ ނުވަތަ ބޫޓާނީޒް ގެރިއެކެވެ. މި ގެރި ކޮޅަށް ހުންނައިރު، އުސްމިނުގައި ހުންނަނީ އެންމެ 21 އިންޗިއެވެ. އުމުރުން އެންމެ 23 މަހުގެ "ރާނީ"ގެ ބަރުދަނުގައި ހުންނަނީ 28 ކިލޯގްރާމްއެވެ.

ބަންގްލަދޭޝްގައި އޮތް

މި ދަނޑިވަޅަކީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް، ބަންގްލަދޭޝްގައި ލޮކްޑައުންގެ ހަރުކަށި އަމުރެއްވެސް ތަންފީޒު ކުރަމުން ދާ ދަނޑިވަޅެކެވެ. ނަމަވެސް، ވެރިރަށް ޑާކާއާ މާ ދުރުނޫން ހިސާބެއްގައި އޮންނަ މި ދަނޑަށް، މިހާރުވެސް 15000 އަށްވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ.

ދަނޑުގެ މެނޭޖަރު ހަސަން ހައުލަދާރު ވަނީ، ދުނިޔޭގައި މިވަގުތު އޮތް އެންމެ ކުޑަ ގެރީގެ ޝަރަފު ރާނީއަށް ހޯދާ ދިނުމަށްޓަކާ، ގިނިސް ވޯލްޑް ރެކޯޑްސްގައި އެދިފައެވެ. މިވަގުތު މި ރެކޯޑް އޮތީ އިންޑިއާގައެވެ. އެއީ 61.1 ސެންޓިމީޓަރުގެ މަނިކްޔަމްގެ އަތުގައެވެ.

ބަންގްލަދޭޝްގައި އޮތް

ރާނީއަކީ، ބަންގްލަދޭޝްގެ އެހެން ދަނޑަކުން، ހައުލަދާރު ގަނެފައި އޮތް ގެރިއެކެވެ. އޭނާ މި ގެރި ގަތި މިދިޔަ އަހަރުއެވެ. ހައުލަދާރު ބުނީ، ރާނީއަށް ހިނގާބިނގާވެ އުޅުމަށް ދަތި ކަމަށާ، އެހެން ގެރިތައް ދެކެ އޭތި ބިރު ގަންނަ ކަމަށެވެ. އެހެންކަމުން ރާނީ ގެންގުޅެނީ ވަކިން ކަމަށްވެސް ހައުލަދާރު ބުނެއެވެ.