ކަނޑުއަޑިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ، އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ އިކުއަޓޯރިއަލް ވިލޭޖްގެ އިރު އުތުރު ފަހު ބޭރުން ކަމަށެވެ.

އެ މީހާގެ ހަށިގަނޑު އެމްއެންޑީއެފްގެ ސައުތު އޭރިއާ ކޯސްޓް ގާޑް ގެ ޑައިވިނަރަކަށް ފެނިގެން އޭނާގެ ހަށިގަނޑު 16:36 ހާއިރު ފޭދޫއަށް ގެންގޮސް ދީފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އަދި މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރުފަހު 15:30 ގައެވެ.

މި ކަމަކީ ކިހިނެތް ހިނގާފައިވާ ކަމެއް ކަމެއް އަދި އެމީހާގެ އިތުރު ތަފްސީލެއް އެމްއެންޑީއެފް އަކުން އަދި ހާމައެއް ނުކުރެއެވެ.