އިންޑިއާގެ އަސްކަރީ މަނަވަރު "ޝާރްދާ" ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑްޑީއެފުން ކުރި ޓްވީޓެއްގައި ބުނީ އިންޑިއާގެ އަސްކަރީ މަނަވަރު "ޝާރްދާ" ރާއްޖެ އައިސްފައި ވަނީ އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހިރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް "އެކްސް އެކަތަ 4" ނިންމުމުގައި ބައިވެރިވުމަށް ކަމަށެވެ.

އިންޑިއާގެ އަސްކަރީ މަނަވަރު "ޝާރްދާ" ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑްޑީއެފުން ބުނީ އެމަނަވަރު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

އެމްއެންޑީއެފުން އަންނަނީ ދޭތެރެ ދޭތެރެއިން އެކި ގައުމުތަކާއެކު ތަމްރީނު ޕްރޮގުރާމްތައް ހިންގަމުންނެވެ.

އެގޮތުން އެމެރިކާ ސެކިއުރިޓީ ފޯސަސް ބްރިގޭޑް "އެސްއެފްބީއޭ" ގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ މާފިލާފުށީގައި "ބްލެކް މާލިން" ނަމުގައި އެއް މަސްދުވަހުގެ ތަމްރީނުތަކެއް މާޗް މަހު ވަނީ ފަށާފައެވެ.