މި މަހުން ފެށިގެން ދިރާގުގެ ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ، މި ބަދަލިތަކާއެކު މިހާރު ބިޒް ފައިބާ ހިދުމަތުން ކުރިއަށް ވުރެ ގިނަ ކަންތައްތައް ކަސްޓަމަރުންނަށް ކުރެވޭނެ ކަމަށެވެ. އެގޮތުން އިތުރު ހަރަދަކާ ނުލާ 40 ޕަސެންޓާއި 150 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އަދި ބައެއް ކަސްޓަމަރުންނަށް 100 އާ ހަމައަށް އިތުރު ސްޕީޑް ވެސް ލިބިގެންދާނެ ކަމަށެވެ.

ދިރާގު ބިޒް ފައިބާ ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުން ޕެކޭޖަށް އައިސްފައިވާ ބަދަލުތައް ދިރާގު ވެބްސައިޓުގައިވާ "ޕެކޭޖް ޗެކާ" އިން ބަލައިލެވޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

ދިރާގު ބިޒް ފައިބާ ހިދުމަތަކީ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެންމެ ރަނގަޅު ސްޕީޑް، އެންމެ ގިނަ އެލަވަންސް އަދި އެ އެލަވަންސަށް ލިބޭ އެންމެ ހެޔޮ އަގުގައި ފޯރުކޮށްދޭ އިންޓަނެޓް ހިދުމަތެވެ. އަދި މި ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކް ވެސް މެއެވެ. އެގޮތުން ދިރާގު ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަކީ އެންމެ ކުދި ވިޔަފާރި ތަކުން ފެށިގެން އެންމެ ބޮޑު ވިޔަފާރިތަކުގެ އިންޓަނެޓް ބޭނުންތަކަށް ވެސް އެށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖެތަކެއް ކަމަށް ދިރާގުން ބުނެއެވެ.

ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓް ގެތަކަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށް ދީފައިއެވެ. ދިރާގުގެ މަގްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތި ކަމާއި ތަނަވަސްކަން ގެނެސްދީ، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޕެކޭޖްތައް ފުރިހަމަކުރަމުން ގެންދިއުން ކަމަށް އެ ކުންފުނިން ބުނެއެވެ.